ads
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު
ފަޒުލް އަދި ޝުހޫދުއަށް ކުރެވޭ ތުހުމަތަށް ބާރުދޭ ހެއްކެއްނެތް: ޕީޖީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އިބްރާހީމް ފަޒުލް ރަޝީދު އަދި އެ ކުންފުނީގެ އައި.ޓީ ޑިޕާޓްމަންޓުގެ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާ ނުވާތީ، މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
Advertisement

ޕީޖީން ނެރުން ބަޔާނެއްގައި ބުނެފައި ވަނީ އިބްރާހީމް ފަޒުލް ރަޝީދާއި، އަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗް.ޑީ.ސީގެ ސާވަރުގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތު ކަމުގައި އެވެ. 

އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން  ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އަދި ފުލުހުން ތައްޔާރު ކުރި ރިޕޯޓުގައި ވެސް، އެޗް.ޑީ.ސީގެ ސާވަރުގެ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީން ފާހަގަ ކުރެ އެވެ. 

އެހެންކަމުން،  ފަޒުލް އަދި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާ ކަމަށް ޕީޖީން ބުނެ އެވެ. 

ޕީޖީން އިތުރަށް ފާހަގަ ކުރި ގޮތުގައި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރި ފަޒުލް އަދި އެ ކުންފުނީގެ އައި.ޓީ ހެޑް ޝުހޫދު، އެ ކުންފުނީގެ ސާވަރުގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ނުވާތީ، މައްސަލަ ޑިކްލައިންކޮށްފައި ވާ ކަމުގައި އެވެ. 

މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ދިން މައްސަލާގައި ފަޒުލް މަގާމުން ސަސްޕެންޑްކޮށް އޭނާގެ ޕާސްޕޯޓް އޭރު ހިފެހެއްޓި ނަމަވެސް ފަހުން އޭނާގެ ޕާސްޕޯޓް ދޫކޮށްލި އެވެ. މަގާމުން ސަސްޕެންޑްކުރުމުން އޭނާ ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 21ގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

ފުލުހުން އޭރު ބުނީ ފަޒުލްގެ މައްޗަށް ކުރަނީ އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުކަމަށެވެ. 

އަދި އޭނާއާ ސުވާލުކޮށް ބަޔާން ނަގާފައިވަނީވެސް އެ ތުހުމަތުގައިކަމަށް ފުލުހުން ބުނެއެވެ.  

ފަޒުލްއަށް ތުހުމަތުކުރެވޭ މައްސަލާގައި ފަޒުލް ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެގެއިން ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

 އެހެންނަމަވެސް ލޯންޗު ފެރީގެ ހިދުމަތް ދޭ ރިލެކްސް ފެރީ ސާވިސްއިން ވަނީ ފަޒުލްގެ ކުންފުންޏަކަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދިން ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް