ads
ރިސޯޓް މުވައްޒަފުންތަކެއް. ފޮޓޯ: ވެލާ ރިސޯޓް
ސާވިސް ޗާޖް ޑޮލަރުން ދޭން ލާޒިމް ކުރަން އިސްލާހެއް
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސް ޗާޖް ވަޒީފާ ދޭ ފަރާތުން ރުފިޔާއަށް މާރު ކުރުން ހުއްޓުވައި އެ ފައިސާ މުވައްޒަފުންނަށް ޑޮލަރުން ދޭން ނުވަތަ ސާވިސް ޗާޖު ފަތުރުވެރިންގެ އަތުން ނެގި ބާވަތަކުން ބަދަލުނުކޮށް ދޭން ލާޒިމް ކުރާ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހަޅައިފިއެވެ.
Advertisement

މި އިސްލާހު މަޖިލިހަށް ހުށައެޅުއްވީ އިދިކޮޅު އެމްޑީޕީގެ މެމްބަރު ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. 

އޭނާ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން، މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ސާވިސް ޗާޖު ބެހުމުގައި މުވައްޒަފުންނަށް ދޭންވާނީ ސާވިސް ޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތަކުން ބަދަލު ނުކޮށްކަމަށްވެސް މައުރޫފް ހުށައެޅުއްވި އިސްލާހުގައިވެއެވެ. 

މީގެއިތުރުން މައުރޫފު ގާނުނަށް ހުށައެޅުއްވި އަނެއް އިސްލާހުގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރަނީ ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި ވިޔަސް އެފަދަ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.

ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ، މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މައުރޫފް ވިދާޅުވީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ ސާވިސް ޗާޖު ލިބުމުގެ ހައްގު އެންމެ ފުރިހަމައަށް ތަނަވަސްކޮށްދިނުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް