ads
ދިރާގު ޕޯސްޓްޕެއިޑަށް "ލިމިޓްލެސް ބޫސްޓާސް" ތައާރަފުކުރުން: ފޮޓޯ ދިރާގު
ދިރާގު ޕޯސްޓްޕެއިޑަށް "ލިމިޓްލެސް ބޫސްޓާސް" ތައާރަފުކޮށްފި: އަންލިމިޓެޑް ޑޭޓާ ލިބޭނެ
ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން، މުޅިން އާ "ލިމިޓްލެސް ބޫސްޓާސް" ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.
Advertisement

މި އާ ހިދުމަތާ އެކު، ކަސްޓަމަރުންނަށް ބޭނުންވާ މިންވަރަށް ހަލުއި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ. ދިރާގުން މި ހިދުމަތް ގެނެސްދީފައިވަނީ ޑޭޓާގެ ބޭނުންޖެހިފައިވާ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއްގައި، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ.

ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ މި ބޫސްޓާތަކުގެ ތެރޭގައި އެއް ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ ފަސް ވައްތަރެއްގެ ޕެކޭޖު ހިމެނެއެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ދިރާގު އެޕް ނުވަތަ 'މައިއެކައުންޓް' މެދުވެރިކޮށް ފަސޭހަކަމާ އެކު ބޫސްޓާތައް އެކްޓިވޭޓް ކުރެވޭނެއެވެ. 

ކޮންމެ ބޫސްޓަރަކަށް ހާއްސަކޮށްފައިވާ ކީވޯޑު ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ކޮށްގެން ވެސް މި ހިދުމަތް ވަގުތުން ލިބިގެންދާނެއެވެ.

މި ބޫސްޓާތަކަކީ އޮންލައިންކޮށް ގޭމް ކުޅުމާއި، ވީޑިއޯ ސްޓްރީމް ކުރުމުގެ އިތުރުން، ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ވެސް ވަރަށް އެކަށީގެންވާ ހައްލެކެވެ. ދިރާގުން ހާމަކުރި ގޮތުގައި، މާކެޓަށް އަލަށް ނެރުނު މި ހިދުމަތަކީ އެ ކުންފުނީގެ އަންލިމިޓެޑް ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެކެވެ. މިއީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، ހެޔޮ އަގުގައި ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ދިރާގުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް