ads
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުި ބައި
ބޭރުމަގު، ފުޅާކޮށް ތާރުއެޅި ބައި ހުޅުވާލައިފި
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ހެދި ބައި ތާރު އަޅާ ނިންމާ އާއްމުކޮށް ހުޅުވާލައިފިއެވެ.
Advertisement

ބޭރު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މަގު ފުޅާކޮށް ފުރަތަމަ ތާރަ އަޅާފައި މިވަނީ ރަސްމީ ފާލަމުން ފެެށިގެން ޗާންދަނީމަގާއި ދޭތެރޭ އޮންނަ ތަންކޮޅެވެ. އެ ބައިގައި ތާރު އެޅުމުގެ މަސައްކަތް ނިންމީ މިދިޔަ ބުރާސްފަތިދުވަހުއެވެ. 

މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ. 

your imageބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުި ބައި

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް އެމްޓިސީސީން ވަނީ ކޮށްފައެވެ. ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާނީ މަސްމާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށެވެ. އެ މަސައްކަތުގެ ދަށުން މަގު ފުޅާކޮށް އެ މަގުގައި ތާރު އަޅާނެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް