މާރިޔާ ވިދާޅުވީ އާޒިމް ވާހަކަ ދެއްކެވީ އެމްޑީޕީގެ މެމްބަރުން ކުޑައިމީސްވާ ގޮތަށް ކަމަށެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވަނީ އެމްޑީޕީއަށް ވެރިކަން ގެއްލުނު ފަހުން "މާޔޫސްކަމުގެ ރަޖާގަނޑު' ލައިގެން ޕާޓީގެ މެންބަރުން ތިއްބައި ރޫހު ގެނެސްދެއްވީ އޭނާ ކަމަށް ވިދާޅުވެފަ އެެވެ.
އާޒިމްގެ އެ ވާހަކައަށް ރައްދު ދެއްވަމުން، އެމްޑީޕީގެ މިދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އެކްސްގައި ވިދާޅުވީ މާލޭގެ މޭޔަރު ޕްރައިމަރީގައި އޭނާ ހުންނެވީ ވަކި ފަރާތަކަށް ތާއީދުކުރައްވައިގެން ނޫން ކަމަށެވެ.
ނަމަވެސް ރިޔާސީ އިންތިހާބުން ބަލިވުމުން "ހުން އައިސް ރަޖާލައިގެން ތިބީ ފިނޑި ބައެއް" ކަމާއި އެ ހާލަތުގައި "އެމްޑީޕީ ކޮޅަށް ޖެއްސެވީ އާދަމް އާޒިމް" ކަމަށް ވިދާޅުވެ، މި މޭރުމުން އެމްޑީޕީ ހަރުގޭގައި ވާހަކަ ދެއްކެވުމުން އޭނާ ވާހަކަދައްކަވަން ޖެހިވަޑައިގަތީ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އެ ވާހަކައާ މެދު އާޒިމް "އެމްޑީޕީގެ ރީނދޫ ލަޝްކަރުގެ" ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.