ޝަހީދު ވެމްކޯގެ ޑީއެމްޑީކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހެވެ. ނަމަވެސް މަގާމަށް އަހަރެއް ވެސް ނުވަނީސް އޭނާ ވަކިކުރީ މިދިޔަ ޑިސެންބަރު މަހުގައެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގައި 17 އަހަރު ވަންދެން ހިދުމަތް ކުރެއްވި ޝަހީދު އަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓްގެ ވެސް މެންބަރެކެވެ.