ads
ކުރީގެ ފައިސަލް ނަސީމާއި އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޕުއާން މަހާރާނީ
ފައިސަލް ނަސީމް، އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހަށް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފިއެވެ.
Advertisement

އެމަނިކުފާނުގެ މި ދަތުރަކީ އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޕުއާން މަހާރާނީގެ ދައުވަތަކަށް ކުރެއްވި ޒިޔާރަތަކެވެ. 

މި ޒިޔާރަތުގައި ފައިސަލް ނަސީމް ވަނީ އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޕުއާން މަހާރާނީ ބައްދަލު ކުރައްވާ ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރައްވާފައެވެ. 

މި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި އިންޑޮނޭޝިއާ އާއި ދެމެދު އޮތް 50 އަހަރުވީ ގާތް ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކައި މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖެ އާއި އިންޑޮނޭޝިއާ އާއި ގުޅިގެން ކުރެވޭނެ ކަންތައްތަކުގެ އިތުރުން ތަފާތު ގިނަ ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، މޫސުމީ އަދި އިގްތިސާދީ ދާއިރާ އަދި ގުޅިގެން އެކުގައި ކުރިއަށް ދެވޭނެ އެހެން ދާއިރާތަކާ މެދުވެސް މަޝްވަރާ ކުރިއެވެ. އަދި ދެ ގައުމުގެ ދެމެދު ގައިވާ ޒަމާންވީ ގުޅުމާ އެކު، ދެ ޤައުމު އެކުގައި ކުރިއަށް ދިޔުމުގެ މުހިންމު ކަމާ މެދު ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. 

ދިވެހި ސަރުކާރާއި ގުޅިގެން، މަޝްވަރާ ކުރެވުނު ދާއިރާތަކުން އެކުގައި ކުރިއަށް ދިއުމާއި މެދު ޝައުގުވެރިވާ ކަމަށް އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް