ads
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރި ބައި
ބަޒާރުމަތީމަގު ފުޅާކުރަން މިއަދު ފަށާނީ، ރޯދައަށް ނިންމަނީ
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބާޒަރުމަތީމަގު ފުޅާކުރުމުގެ އަމަލީ މަސައްކަތް މިއަދަު ފަށަން ނިންމައިފިއެވެ.
Advertisement

ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ހެދި ބައި ތާރު އަޅާ ނިންމާ އާއްމުކޮށް ރޭ ވަނީ ހުޅުވާލާފައެވެ. އެއީ ޖުމްހޫރީ މައުދާނު ކުރިމަތިން އޮން ސަރަހައްދެވެ. 

މި މަޝްރޫއޫގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ މަސްމާރުކޭޓް ސަރަހައްދުން ފެށިގެން ނޯތް ހަބާރާއި ދެމެދު ހިމެނޭ ސަރަހައްދެވެ. 

މާލޭގެ އެންމެ ހަލަބޮލި އެއް ސަރަހައްދުކަމަށްވާ ބާޒާރުމަތީ ސަރަހައްދު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް މީޑިއާގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުގެ މަސައްކަތް ނިންމާ އަންނަ ރޯދަމަހުގެ ކުރިން ހުޅުވާލާނެކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ. އަންނަ ރޯދަ މަސް ފެށޭނީ އަންން ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. 

"ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ދެވަނަ ސެގްމަންޓުގެ މަސައްކަތް ނިންމައި ހުޅުވާލާނެ. އެ ޔަގީންކަމާ އެކު މަސައްކަތް މި ފަށަނީ،" މުއްތަލިބު ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައި ހިމެނޭ މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ފުޅާކޮށް މަގު ހަތަރު ލޭނަށް ބަދަލު ކުރާނެކަމަށްވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައިވެސް ތާރު އަޅާނެކަމަށްވެސް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ބޭރުމަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް