ads
ގޭންގުތަކާއި ވަކީލުން ހެކީންނަށް ބިރުދެއްކުން އާއްމުވެ، ގޮންޖެހުމަކަށްވެއްޖެ: ގާޒީ
ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުން ނިސްބަތްވާ ގުރޫޕްތަކާއި އެ މީހުންގެ އާއިލާ، އަދި ދިފާއީ ވަކީލުންވެސް ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރުދެއްކުން އާއްމުވެ މީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވެއްޖެއެވެ.
Advertisement

ގާޒީ އަލީ އާދަމް މިހެން ވިދާޅުވީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި، ދައުވާ ލިބުނު ހަމްދޫން ހަމްޒަތުގެ މައްޗަށް އިއްވި ހުކުމުގައެވެ. 

އެ ހުކުމުގައި ބުނެފައިވަނީ  ނުރައްކާތެރި ކުށްތަކުގެ މައްސަލާފގައި ހިމެނޭ ހެކި އެމީހުން ހެކި ބަސްދިނީ ކޮން ބައެއް ކަން ޔަގީން ނުވާ ހާލާތުގައި ހުރެ ދިން ހެކިކަމަށް ބުނެ ބާތިލުކުރަން އެދެމުން އަންނަކަމަށެވެ. މި ފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް މިގޮތަށް އަމަލުކުރާ ހިނަ ހެކިންނަކީ އެ މައްސަލައެއްގައި ހިމެނޭ އެންމެ މުހިއްމު ހެކިންނަށްވާކަން ފާހަގަކުރައްވަމުން ގާޒީ ވިދާޅުވީ ހެކިން ހެކިބަސް ނަގަނީ ގޭންގުތަކުންނާއި އެމީހުންގެ އާއިލާތަކުންނާއި ދިފާއީ ހެކިން ބިރު ދައްކަމުން ގެންދާތީކަމަށެވެ. 

" މި ފަދަ މައްސަލަތަކުގައި ތުހުމަތުކުކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕުގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލާތުކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރު ދައްކާ ފުރާނައަށް ނުރައްކާވާނެ ފަހަ ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރު ދީ ހަދާކަން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަސިއްޔާއަކަށް ބެލުމުން އެގެން އޮންނައިރު މިކަމަކީ ހިނގާކަމެއްކަމާއި އަދި މީ ޖިނާއީ އަދުލްގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް މިވަނީ ވެފައި. " ކްރިމިނަލްކޯޓުގެ ހުކުމުގައިވެއެވެ.

އެމްއެމްއޭ ކައިރީގައި 2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި، ލ. ފޮނަދޫ، ހިޔާ، ހަމްދޫން މަރަން އިއްޔެ ވަނީ ކްރިމިނަލްކޯޓުން ހުކުމްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް