ads
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް - ފޮޓޯ: އެންސްޕާ
ބޭސް ކުންފުނީގެ ޗެއާޕާސަނަށް، އައިޖީއެމްއެޗްގެ ސީއީއޯ ހަލީމް އައްޔަންކޮށްފި
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އައްޔަނުކޮށްފަ އެވެ.
Advertisement

އޭނަ އަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވެސް މެ އެވެ.

ބޭސް ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް އައްޔަންކުރި އިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޑރ. ޝާހް މާހިރެވެ. އަދި ކުންފުނީ ބޯޑު މެމްބަރުންނަށް އައިޝަތު މުހައްމަދާއި ޝިބާނާ އަބްދުﷲ ދީދީ ކުރިން އައްޔަންކޮށްފައިވެ އެވެ.

ރާއްޖޭން ބޮޑެތި ބަލިތަކުގެ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވަމުން ގޮސް، ސަރުކާރުން ބޭސް އެތެރެކުރަން ކުންފުންޏެއް އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. މި ކުންފުންޏަކީ ސަރުކާރުން %100 ހިއްސާވާ ކުންފުންޏެކެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށް ދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފެއްދި ކުންފުންޏެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް