ads
ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް
ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް ރިޓަޔަރކޮށްފި
ހައިކޯޓުގެ އެންމެ ސީނިއާ ފަނޑިޔާރު، މުހައްމަދު ނިޔާޒް، ފަނޑިޔާރުކަމުން ރިޓަޔަރ ކޮށްފިއެވެ.
Advertisement

2018 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ އެ ކޯޓުގެ އެންމެ ސީނިޔާ ފަނޑިޔާރު ރިޓަޔަރ ކުރެއްވީ މިއަދުއެވެ. ނިޔާޒް ރިޓަޔަރ ކުރެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ހައިކޯޓުގެ އެންމެ ސީނިއާ ފަނޑިޔާރު ނިޔާޒްއަކީ، 2002 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެކެވެ. 23 އަހަރު ފަނޑިޔާރުކަމުގައި ހޭދަކުރެއްވި ނިޔާޒްވަނީ ޖޭއެސްސީގެ ނައިބު ރައިސްކަންވެސް ކޮށްފައެވެ. ނިޔާޒު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 30 ސެޕްޓެމްބަރު 2002 ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އޭގެފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރައްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް