ads
ލިލީގެ ޕޯސްޓަރު
ލިލީ އަނެއްކާވެސް އެނބުރި އޮލިމްޕަހަށް އަންނަނީ
އޮލިމްޕަސް ސިނަމާގައި ކާމިޔާބު ޝޯވތަކެއް ދެއްކުމަށްފަހު މިދިޔަ ނޮވެމްބަރު މަހުގެ 30 ގައި ޝޯވތައް ނިންމައިލި ދިވެހި ފިލްމު “ލިލީ” އަނެއްކާވެސް އޮލިމްޕަހުގައި އަޅުވަން ތައްޔާރުވެއްޖެ އެވެ.
Advertisement

މިހިނގާ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އަނެއްކާވެސް “ލިލީ” ގެ ޝޯވތަކެއް ދައްކަން ތައްޔާރުވެފައިވާކަން ކްރިއޭޓިވް ނެޓުވޯކުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. މީގެ ކުރިން އެ ފިލްމުން ދެއްކީ 13 ޝޯވ އެވެ. އޭގެ ތެރެއިން 11 ޝޯ ވަނީ ހައުސްފުލް ވެފަ އެވެ.

މިހާރު އަތޮޅު ތެރޭގައިވެސް ބޮޑު ތަރުހީބަކާއިއެކު އަޅުވަމުންދާ “ލިލީ” ހަތަރު ޝޯވއަކަށް ޓިކެޓު ބުކް ކުރުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެއީ ޑިސެމްބަރު 21، 22، 23 އަދި 24 ގެ ޝޯވ އެވެ. ޓިކެޓު ބުކް ކުރެވޭނީ ރަސްމީ ވެބްސައިޓް ގެ އިތުރުން 7505079 ވައިބާ މެދުވެރިކޮށެވެ. އޮލިމްޕަސް ކައުންޓަރުގައި ޓިކެޓު ވިއްކަން ފަށާނެ ދުވަހެއް އަދި އިއުލާން ނުކުރެ އެވެ.

މައިވަންތަކަމުގެ ލޯބިން މަހުރޫމު ވެފައިވާ އަންހެން ކުއްޖެއްގެ ދިރިއުޅުން ދައްކައިދޭ “ލިލީ” އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ލިޔެ ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ގެވެށި އަނިޔާގެ އިތުރުން ނަފްސާނީ އަނިޔާގެ ވާހަކަވެސް ވަނީ ގެނަސްދީފަ އެވެ.

ޅ. ހިންނަވަރުގެ އިތުރުން ލ. އަތޮޅުގެ ރީތި ރަށްތަކުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގައި ގިނަ ތަރިންތަކެއް ފެނެ އެވެ. އެގޮތުން އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ ފެންނަނީ ލީޑް ރޯލުންނެވެ. އިތުރު ތަރިންގެ ތެރޭގައި އަލީ ފާރޫގު، މަރިޔަމް ހަލީމް އަދި އަހުމަދު ނިމާލްވެސް ހިމެނެ އެވެ.

ޑިސެމްބަރު 21 ގައި އިތުރު ޝޯވތަކެއް ދައްކަން ފެށި ނަމަވެސް “ލިލީ” ގެ ޖުމްލަ ކިތައް ޝޯވ ދައްކާނެކަން ޓީމުން އަދި ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް