ads
މަސާޖު ޕާލާތަކަަށް އިމިގްރޭޝަނުން ވަދެ ފާސްކުރަނީ
މަސާޖު ޕާލާތަކަަށް އިމިގްރޭޝަނުން ވަދެ 4 މީހަކު ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ބިދޭސީން ހޯދަން އިމިގްރޭޝަނުން ހަތަރު މަސާޖު ޕާކާއަކަށް ވަދެ 4 މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ  ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި ރޭގައި ވަނީ މާލޭގައި ހިންގަމުންދިއަ ހަތަރު މަސާޖު ޕާލަރެއް  ބަލައި ފާސްކޮށްފައިކަމަށެވެ. 

your imageމަސާޖު ޕާލާތަކަަށް އިމިގްރޭޝަނުން ވަދެ ފާސްކުރަނީ

މި ރެއިޑްގައި،  ގަވާއިދާ ހިލާފަށް އުޅެމުންދިއަ ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމާސް އިމިގްރޭޝަނުން ބުނެއެވެ. މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން އަޅާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

ފުލުހުންވެސް ރޭ ވަނީ ވަގަށް ސިނގިރޭޓް ވިއްކަމުން ދިޔަ ދެ ތަނެއް ބަލާފާސްކޮށް ބަންދުކޮށްފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް