ads
ބާޒާރުގައި އޮރެންޖުގެ އަގު ބޮޑު، އެސްޓީއޯއިން ހެޔޮ އަގުގައި ލިބޭ
ބާޒާރުގެ ބައެއް ގޮޅިތަކުގައި އޮރެންޖުގެ އަގުބޮޑުވި ކަމުގެ ރިޕޯޓްތައް ލިބުނު ނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޮރެންޖުގެ އަގުތައް އެއްވަރެއްގައި ހެޔޮކޮށް ހިފަހައްޓައިފި އެވެ.
Advertisement

ރޯދަ މަސް ފެށުނުއިރު އޮރެންޖެއްގެ އަގު ހުރީ 10ރ. ގަ އެވެ. ރޯދަ މަސް ފެށުމުގެ ހަފްތާއެއް ކުރިން އޮރެންޖެއްގެ އަގު ހުރީ 8ރ. ގަ އެވެ.

ނަމަވެސް ފަހުން އަގު ބޮޑުވަމުން ގޮސް އޮރެންޖެއްގެ އަގު 12ރ. އަށް އުފުލި މިއަދު މިވަނީ 15ރ. އަށް އަގު އުފުލިފަ އެވެ.

މާރުކޭޓުގައި ގޮޅިތައް ހިންގާ ބައެއް މީހުން ބުނީ އޮރެންޖުގެ އަގު އުފުލިގެން އުޅެނީ އޮރެންޖު ހޯލްސޭލްކޮށް ވިއްކާ އަގު ބޮޑުވުމުންނާއި އޮރެންޖު ލިބުން ވެސް ދަތިވުމާ ގުޅިގެން ކަމަށެވެ.

ނަމަވެސް އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ސްޕަމާޓުން ހެޔޮ އަގުގައި އޮރެންޖް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެސްޓީއޯއިން ދަނީ އޮރެންޖް ކިލޯއެއް 40 ރުފިޔާ އަށް ވިއްކަމުންނެވެ. އެހެން ކަމުން އޮރެންޖެއްގެ އަގު ހަ ރުފިޔާއަށް ބޮޑެއް ނުވާނެ އެވެ.

އަސާސީ ކާބޯތަކެތީގައި ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯ އިން އެތެރެކޮށް ހެޔޮއަގުގައި ދަނީ ވިއްކަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;