މިއީ މާލެ ހައި ކުންފުންޏަށް ލިބުނު ވިޔަފާރީގެ ގެއްލުން ވަޒަންކޮށް، އޮޑިޓް އޮފީހުން ހެދި ރިޕޯޓް ނުދީގެން، މާލެ ހައި ކުންފުނިން ދައުވާ ކުރި މައްސަލައެކެވެ.
އެ ރިޕޯޓް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވިއިރު، މާލެ ހައި ކުންފުންޏަށް އެ ދޭން އޮޑިޓް އޮފީހުން އިންކާރުކުރުމުން އެ ކުންފުނިން ދިޔައީ ކޯޓަށެވެ.
ދައުވާ ކުރުމުން، މި މައްސަލައިގައި އޮޑިޓް އޮފީހުން ކޯޓަށް ހާޒިރުނުވިތާ، ކޯޓަށް ޖަވާބެއްވެސް ނުދިއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އެ ރިޕޯޓަކީ މާލެ ހައި ކުންފުންޏަށް ލިބެންޖެހޭ ރިޕޯޓެއް ކަމަށެވެ. އެހެންވެ، އެ ރިޕޯޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ހަތް ދުވަސް ތެރޭގައި ހަވާލުކުރަން ހުކުމްގައި އަންގާފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;