ads
ހއ. ދިއްދޫޫއަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން
50 ދުވަހުން ދިއްދޫ ބިން ހިއްކައި ނިންމައިފިން: ރައީސް
50 ދުވަހުން ދިއްދޫ ބިން ހިއްކައި ނިންމައިފިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
Advertisement

ހއ.ގެ އަތޮޅު ވެރިކަން ކުރާ ދިއްދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރީ އެމްޓީސީސީނެވެ.  

ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ދިޔަ ގޮތުގައި ޓައިމްލައިނެއް ހިއްސާކުރައްވާފައެވެ. 

އެގޮތުން ދިއްދޫ ބިން ހިއްކަން  ބޮޑު ޑްރެޖަރު އެރަށަށް ގެންދިޔައީ މިދިޔަ ޖެނުއަރީ 3ގައި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު މަސައްކަތް ފަށާ މިމަހުގެ 23 ވަނަ ދުވަހު ބިން ހިއްކާ ނިންމާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި 50 ދުވަހުގެ ތެރޭގައި 112 ހެކްޓާރުގެ ބިން ހިއްކާ ނިންމާފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

your imageހއ. ދިއްދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކާ ނިންމާފައި

ހިއްކި ސަރަހައްދަކީ ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިއްކާ ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމާއި ދިއްދޫގައި އެއާޕޯޓް އެޅުމަށެވެ.

ދިއްދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކުރީ 2024 ވަނަ އަހަރުގެ އޭޕްރިލް 19 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;