ads
އައިޖީއެމްއެޗުގެ ބައެއް ނަރުހުން
ހއ. އަތޮޅު ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް 47 ނަރުހުން ހޯދަނީ
ހއ. އަތޮޅުގައި ސިއްހީ ހިދުމަތް ދިނުމަށް، އެ އަތޮޅު ހޮސްޕިޓަލާއި އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ޖުމްލަ 47 ނަރުހުން ހޯދަން އިއުލާނު ކޮށްފިއެވެ.
Advertisement

ހއ. އަތޮޅު ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ، މި ހުޅުވާލެވުނު ފުރުސަތުގައި ނަގާ ނަރުހުންނަށް ދެނީ ދާއިމީ ވަޒީފާ ކަމަށެވެ. 

މީގެ ތެރެއިން އެންމެ ގިނަ ނަރުހުން ބޭނުންވަނީ އަތޮޅު ހޮސްޕިޓަލަށެވެ. އެއީ 16 ނަރުހުންނެވެ. ދެން އެންމެ ގިނައިން މީހުން ހޯދަނީ ކެލާ ސިއްހީ މަރުކަޒަށެވެ. އެ ރަށަށް 7 ނަރުހުން ހޯދާއިރު، ބާރަށު ސިއްހީ މަރުކަޒަށް 5 ނަރުހުން އަދި ހޯރަފުށީ ސިއްހީ މަރުކަޒަށް 4 ނަރުހުން ހޯދަން ވަނީ ނިންމާފައެވެ.

މި ވަޒީފާތަކަށް ކުރިމަތިލެވޭނީ ސިވިލް ސަރވިސްގެ ރޭންކް 5 އަދި 7 ގެ ޝަރުތުތައް ހަމަވާ ފަރާތްތަކަށެވެ. ރޭންކް 5 ގެ އަސާސީ މުސާރައަކީ 11،428 ރުފިޔާއެވެ. ރޭންކް 7 ގެ އަސާސީ މުސާރައަކީ 13،057 ރުފިޔާއެވެ. މީގެ އިތުރުން ސަރވިސް އެލަވަންސާއި، ހާޒިރީ އިނާޔަތް އަދި އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ. މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަކީ މޯލްޑިވްސް ނަރސިން އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީވެ، ލައިސަންސް އޮތް ބަޔަކަށް ވާން ޖެހޭނެއެވެ.

މި މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް އޮންނާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 28 އިން ފެށިގެން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހާ ދެމެދުގައެވެ. އިންޓަވިއުތައް ކުރިއަށްދާނީ ހއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހުގައެވެ. ވަޒީފާއަށް އެދޭ މީހުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭނީ ތައުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު އަތޮޅު ހޮސްޕިޓަލުގެ ނަންބަރަށް ގުޅައިގެން ސާފުކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް