ads
ހުޅުމާލޭގަ މުޒާހަރާ ކުރާ މަސް ދޯނިތައް
ސަރުކާރުގެ ވައުދުތައް ފުއްދުމަށް ގޮވާލައި 49 ދޯންޏަކުން ހުޅުމާލޭގައި މުޒާހަރާ ކުރަނީ
މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން ބޮޑު މުޒާހަރާއެއް ފަށައިފި އެވެ.
Advertisement

ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 9:30 ހާއިރު ފެށި މި އިހުތިޖާޖުގައި ރާއްޖޭގެ އެކި ހިސާބުތަކުން ކަންނެލި މަސްވެރިކަން ކުރާ 49 އޮޑިއަކުން ބައިވެރިވެ، ޝުއޫރު ފާޅުކުރަމުން ދެއެވެ.

މި އިހުތިޖާޖުގައި މަސްވެރިން މައިގަނޑު ތިން ކަމަކަށް ޑިމާންޑު ކުރަމުންދެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނި މިފްކޯ މެދުވެރިކޮށް ބޮޑު ކަންނެލި ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކަންނެލި ކިލޯއަކަށް ލިބޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަގެއް ކަމުގައި ކަނޑައެޅުން ހިމެނެ އެވެ. 

މީގެ އިތުރުން މަސްވެރިންނަށް ބޭނުންވާ ތެލާއި އައިސް ހެޔޮ އަގުގައި ނުވަތަ ބޭސް ރޭޓުގައި ލިބޭނެ ގޮތް ހަދައިދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ. މަސްވެރިން ފާހަގަކުރާ ގޮތުގައި މިއީ ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ، އަދި ކޮށްދޭނެ ކަމަށް ވައުދުވެފައިވާ ކަންކަމެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު ފާހަގަކުރެއްވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތުގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. މި އެއްވުމުގައި ބައިވެރިވާ ފަރާތްތަކުން ބުނަމުންދަނީ އެދެވޭ ހައްލެއް ނުލިބެނީސް މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ. އެގޮތުން ކިތަންމެ ދިގު މުއްދަތެއް ހޭދަވިޔަސް، ސަރުކާރުން އެދެވޭ ޖަވާބެއް ލިބެންދެން މަސްވެރިން ތިބީ ގެއަށް ނުވަދެ، އިހުތިޖާޖު ކުރުމުގެ ރޫހުގައި ކަމަށް އެ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް