ads
ފަސްޓްލޭޑީ ސާޖިދާ
މަސްވެރިންގެ ހީވާގިކަމަށް ސާޖިދާގެ އައްސަރިބަހާއި ސާބަސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ގައުމީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޮނުއްވައިފިއެވެ.
Advertisement

ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ސާޖިދާ ވަނީ މަސްވެރިންނަށް ހެޔޮއެދުން އަރިސްކުރައްވާފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ސާޖިދާ ވިދާޅުވީ ދިވެހި މަސްވެރިންގެ ހީވާގިކަމާއި ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި މަސްވެރިކަމުގެ ސިނާއަތުން އަދާކުރާ މުހިންމު ދައުރު އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން މަސްވެރިންނަށް ދިމާވާ އެކި ދަތިތައް ހައްލުކޮށްދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް