ads
ގައުމީ އެއާލައިން އިން އުމްރާއަށް ދިޔުމަށް ދިވެހިންނަށް ރަނުގެ ފުރުސަތެއް
މޯލްޑިވިއަނުން އުމްރާއަށް، 14 ދުވަސް، އަގު 750 ޑޮލަރު، 45 ކިލޯ ލިބޭ
ގައުމީ އެއާލައިން އިން އުމްރާއަށް ދިޔުމަށް ދިވެހިންނަށް ރަނުގެ ފުރުސަތެއް އެ އާލައިނުން ހުޅުވާލައިފިއެވެ.
Advertisement

ދިވެހިން އެންމެ ގިނައިން އުމްރާއަށް ދާ ދުވަސްވަރާއި ދިމާކޮށް މޯލްޑިވިއަނުން މިވަނީ ޖިއްދާ އަށް ސީދާ ދަތުރުތަކެއް ބާއްވަން ނިންމާފައެވެ. މީ ޑިސެމްބަރު މަހު ގްރޫޕަކާއި ނުގުޅި އުމްރާއަށް ދާ ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ. 14 ދުވަސް ސައުދީގައި ހޭދަކުރުމަށް ފުރުސަތު ލިބެއެވެ. 

މޯލްޑިވިއަނުން  ވަނީ މިމަހު ތިން ދަތުރެއް ޖިއްދާއަށް ކުރަން ނިންމާފައެވެ.

އެގޮތުން މާލެއިން ޖިއްދާއަށް ދަތުރުތައް އޮތީ މިމަހުގެ 27 އަދި 28 ގައެވެ. ޖިއްދާއިން މާލެއަށް އެންބުރި އަންނަ ދަތުރުތަައް އޮތީ އަންނަ މަހުގެ 10،11، 12 މި ތިން ދުވަހުއެވެ. 

މި ދަތުރުގެ ޓިކެޓްގެ އަގަކީ 750 ޑޮލަރުކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި ބެގޭޖެ އެލަވަންސްގެ ގޮތުގައި 45 ކިލޯ ލިބޭނެކަމަށްވެސް އެ އެއާލައިނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް