ads
ކަސްޓަމްސް އިން ދިން ފައިސާގެ އެހީތެރިކަން ހަވަލުކުރުމުގެ ތެރެއިން
ލަންކާއަށް އެހީވުމަށް ކަސްޓަމްސްއިން އެއްލައްކަ އަށް ވުރެން ގިނަ ރުފިޔާ ދީފި
މިދިޔަ މަހު ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ދިމާވެފައިވާ ލިބުނު ގެއްލުންތަކާއި ގުޅިގެން އެ ގައުމަށް އެހީތެރިވުމަށް މޯލްޑިވަސް ކަންޓަމްސް ސާރވިސްގެ ފަރާތުން 135,700 ރުފިޔާ ހަދިޔާކޮށްފިއެވެ.
Advertisement

ކަސްޓަމްސް ސާރވިސްގެ ފަރާތުން ރާއްޖޭގައި ހުންނަ ލަންކާ އެމްބަރސީއާއި މި ފައިސާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނާ އިބްރާހިމް މަފާޒް، މަހްމޫދު ރިޔާޒްއެވެ. 

އަދި އެމްބަސީގެ ފަރާތުން ފައިސާއާއި ހަވާލުވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއެވެ.

ސްރީ ލަންކާއަށް އެރި ތޫފާާނުގައި ކުރި ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެކި ގައުމުތަކުން ފައިސާގެ އެހީގެ ގޮތުގައި 6.59 މިލިޔަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިން ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. 

ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާން "ދީތުވާ"ގައި ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން ހަދިޔާކުރާ 884،843 ޑޮލަރު (13.6 މިލިއަން ރުފިޔާ) އާއި އިންސާނީ އެހީ ލަންކާގެ ސަރުކާރާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ. 

ލަންކާއަށް އެހީތެރިވުމަށް ޕީއެސްއެމުން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ހިންގި ޓެލެތޯނުގައި، އާއްމުންނާއި ކުންފުނިތަކާއި އިދާރާތަކުން ވަނީ ގިނަ އަދަދަކުން ފައިސާ ހަދިޔާކޮށްފަ އެވެ. 

މި ތަކެތި ލަންކާގެ ސަރުކާރާ ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.

އެގޮތުން ހަވާލުކުރީ:

  • ދިވެހި ސަރުކާރުން ދިން 50،000 ޑޮލަރު (771،000ރ.) 

  • ޓެލެތޯނުން ލިބުނު 834,843.98 ޑޮލަރު (12.8 މިލިއަން ރުފިޔާ) 

  • 25،000 ކޭސް މަސްދަޅު (1.2 މިލިއަން ޑޮލަރުގެ އަގުހުރި)

ލަންކާއަކީ، ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. 

 ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ގައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް