މިކަމާ ގުޅިގެން ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަޒްމީލް ނިޔާވި ހަބަރު އެހީ ވަރަށް ފުން އަސަރާއި ހިތާމައާ އެކުގައި ކަމަށެވެ.
މި ހާދިސާގައި ނިޔާވިއިރު އުމުރުން 43 އަހަރުގެ އަޒްމީލަކީ ސްޓެލްކޯގައި މަސައްކަތްކުރާތާ 21 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަޖުރިބާކާރު މުވައްޒަފެކެވެ.
ރައީސް ވަނީ އަޒްމީލްގެ އާއިލާއަށާއި ސްޓެލްކޯގެ ވެރިންނަށާއި މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ. އަޒްމީލް ނިޔާވެފައިވަނީ ލިބުނު އަނިޔާތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;