ފުލުހުން މި މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެނިކޮށެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާ ބަލައި ފާސްކުރިއިރު، އޭނާގެ ހަށިގަނޑާއި ބޮކްސާއާ ދޭތެރެއިން 11 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، ފެނުނު ތަކެއްޗަކީ އަމިއްލަ ބޭނުމަށް ގަނެފައިވާ އެއްޗެހިކަމަށް ތަހުގީގުގައި އޭނާ ވަނީ އެއްބަސްވެފައެވެ.
ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި މި މީހާއަކީ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ހަމަ މިގޮތަށް ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު 50 އަހަރުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.