ads
ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން
ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއެކު މުހިންމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
Advertisement

މިއީ ރާއްޖޭގައި ފޯރުކޮށްދޭ ޕޭމަންޓް ސޮލިއުޝަންތައް އިތުރަށް ހަރުދަނާކުރުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ޕްރޮމޯޓްކޮށް، ކުރިއެރުވުމަށް ބެންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

މި އެއްބަސްވުމަކީ 2026 ވަނަ އަހަރުން ފެށިގެން ކޯ-ބްރޭންޑެޑް ޓޫރިޒަމް ކެމްޕޭނުތައް ފެށުމަށް އެޅުނު މުހިންމު އެއް ބިންގާއެއް ކަމަށާއި މި ޓްރައިޕާޓީ އެއްބަސްވުމުގެ ދަށުން، އޭޝިއާގެ މާކެޓްތަކުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެއަށް ހެދުމަށް މަސައްކަތްކުރުމާއި ވިޔަފާރިތަކަށް ފައިސާ ބަލައިގަތުމަށް ފަސޭހަކޮށްދިނުމާއި މި މަންޒިލްތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލުއި ފަސޭހަ ތަޖުރިބާތަކެއް ދިނުމަށް މަސައްކަތްކުރުން ހިމެނިގެން ދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

މީގެ އިތުރުން، ރާއްޖޭގައި އީޖާދީ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަންސް ތައާރަފްކުރުމަށް ބީއެމްއެލްއާއި އަލިޕޭ+ އާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި ވެއެވެ. އެގޮތުން ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށްވެސް އިތުރު ލުއިފަސޭހަ ކަމެއް ފޯރުކޮށްދިނުމަށް ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ޚިދުމަތް ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ+ ގެ ފީޗަރތައް ހިމަނާނެއެވެ. 

"މި ވެވުނު ސްޓްރެޓީޖިކް އެއްބަސްބުންތަކާއެކު، ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަކޮށް، މުޅި ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މި އެޅުނީ ވަރަށް މުހިންމު ފިޔަވަޅެއް. މި އެއްބަސްވުން ފަރުމާކޮށްފައި ވަނީ އެންމެ ޒަމާނީ އަދި ލުއިފަސޭހަ ޕޭމަންޓް ހައްލުތަކެއް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގެ ދުވެލި އަވަސްކުރުމަށް." ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

your imageރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން

ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވީޗެޓް ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ. ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މަރޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުޢާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް