ads
މަސާޖު ޕާލާއިން ބަޔަކު ހައްޔަރުކޮށްގެން ގެންދަނީ
މަސާޖު ޕާލާއަކުން މީހުން ހައްޔަރުކޮށް 4 ތަނެއްގައި ތަޅުއަޅުވައިފި
މާލޭގެ މަސާޖު ޕާލާއަކުން އަނެއްކާވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
Advertisement

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށްފައިވާކަމަށެވެ.

މި ތަން ތަނުން ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. މި ހަތަރު ތަނުގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ވަނީ އަޅާފައިކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

your imageމަސާޖު ޕާލާއިން މީހުން ހައްޔަރުކުރަނީ

ގަވާއިދާ ހިލާފަށް ބިދޭސީން ހޯދަން އިމިގްރޭޝަނުން އިއްޔެ ވެސް ހަތަރު މަސާޖު ޕާކާއަކަށް ވަދެ 4 މީހަކު ހައްޔަރުކުރި އެވެ.

މާލެ ސަރަހައްދުގައި 111 މަސާޖު ޕާލާ ހިންގާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރަމުން އަންނަ ތަހުގީގުތަކަށް އެނގިފައިވާ ކަމަށް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެ ތަންތަނުން ހައްޔަރުކުރާ މީހުންނަކީ ބިދޭސީއެއް ނަމަ ވަގުތުން އެ މީހަކު ޑީޕޯޓު ކުރާ ކަމަށް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;