ads
ފުލުހުން: ފޮޓޯ ޓައިމްސް އޮފް އައްޑޫ
11 މަހުގެ ކުއްޖަކާއި ފުލުހަކު "ކޮށާލާނެ" ކަމަށް ބުނި މީހާ 3 އަހަރަށް ޖަލަށް
އުމުރުން އެންމެ 11 މަހުގެ ތުއްތު ކުއްޖަކު އުރައިގެން ހުރި ފުލުހަކަށް، ތޫނު އެއްޗަކުން ބިރުދައްކައި އެ ދެމީހުން "ކޮށާލާނެ" ކަމަށް ބުނެ އިންޒާރު ދިން މީހަކު ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
Advertisement

މިއީ ލ. ގަން، ތުނޑި އަވަށު ހުސައިން ރިޒުސާންގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވުމުން އިއްވި ހުކުމެކެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ރިޒުސާން އިންޒާރު ދީފައިވަނީ ތައިބާ މިސްކިތް ސަރަހައްދުގައި ފުލުސް މީހާ އޭނާގެ ތުއްތު ދަރިފުޅާއެކު ހުއްޓައެވެ. މައްސަލައިގެ ލިޔުންތަކުން އެނގޭ ގޮތުގައި، ކަޓަރު ތިލައެއް ގެންގުޅެމުން ރިޒުސާން ވަނީ ފުލުސް މީހާ ގާތަށް ގޮސް، "ދެ މީހުން ތިތިބީ ކައިރީގައި ނޫންހޭ، ދެ މީހުން އެއްކޮށް ކޮށާލާނަމޭ" ބުނެ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރުދައްކާފައެވެ.

ޝަރިއަތުގެ މަޖިލީހުގައި ރިޒުސާން ވަނީ ކުށަށް އިއުތިރާފުވެ ދައުލަތާއެކު އެއްބަސްވުމެއް ހަދާފައެވެ. އިއުތިރާފުގެ އެއްބަސްވުމާއެކު އަދަބަށް ލުއި ލިބުނުއިރު، މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް އަދި ބިރުދެއްކުމުގެ ކުށަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެހެންކަމުން ޖުމްލަ ތިން އަހަރު ދުވަސް އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނެއެވެ. ރިޒުސާންގެ މައްޗަށް މީގެ ކުރިން ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއެއް އުފުލި ނަމަވެސް އެ މައްސަލަ ސާބިތުނުވާ ކަމަށް 2020 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް