ads
ސްޓެލްކޯއިން ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާ ދިނުމަށް ބޭއްވި ހަފްލާގައި އެ ކުންފުނީގެ އެމްޑީ
ސްޓެލްކޯއިން ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާ ދީފި
ސްޓެލްކޯއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން 30 މީހަކަށް މިއަދު ވަޒީފާ ދީފިއެވެ.
Advertisement

މި ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މިއީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމަށާއި އެމީހުން ބާރުވެރިކުރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު ކަމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ވަޒީފާގެ މާހައުލަށް ނުކުތުމަކީ ސިއްހީ ގޮތުންނާއި މާލީ ގޮތުން ވެސް އެ ފަރާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ވަޒީފާއަށް ދާން ފެށުމުން އާ ރަހުމަތްތެރިން ލިބި، އެހެން މީހުންގެ ފަރާތުން ހެޔޮ ބަސްތައް ލިބުމަކީ ނަފްސާނީ ގޮތުން ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގަޑިން ގަޑިއަށް ކަންކަން ކުރުމުގެ އާދަ އަށަގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށާއި، މިއީ އާއިލާއަށާއި ގައުމަށް ވެސް ލިބޭ ކުރިއެރުމެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.

މި ހަފުލާގައި ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އުފާވެރި ރަސްމިއްޔާތެއް ނަމަވެސް، މި ހަފުލާ ފެށުމުގެ ކުރިން ވަނީ ދާދި ފަހުން މަސައްކަތުގެ މާހައުލުގައި ހިނގި ހާދިސާއެއްގައި އަނިޔާވެ ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ސްޓެލްކޯގެ ދުވަސްވީ މުވައްޒަފު، އަހުމަދު އަޒްމީލްގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ. 

އަޒްމީލްގެ އާއިލާއަށް ފަސްޓް ލޭޑީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވައި، އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް