ads
ފަސްޓްލޭޑީ ސާޖިދާ، ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް އަދި ސްޓެލްކޯގެ އެމްޑީ ޝަމާހު
ހާއްސަ އެހީއަށް ބޭނުންވާ މީހުން މުޖުތަމައަށް ނެރުމުން ލިބޭ ފައިދާ ބޮޑު: ސާޖިދާ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބި، މުޖުތަމައުގެ ތެރެއަށް އެ މީހުން ނުކުތުމަކީ އޭގެ ސަބަބުން އެ މީހުންގެ އާއިލާއަށާއި ގައުމަށް ވެސް އެތައް ގޮތަކުން ފައިދާކުރާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
Advertisement

އެކަމަނާ މިހެން ވިދާޅުވީ ސްޓެލްކޯއިން ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާ ހަމަޖައްސައި، އެކަމުގެ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި، ވަޒީފާއަށް ނުކުންނަން ފެށުމުން ލިބޭ އާމްދަނީގެ އިތުރުން، އާ ރަހުމަތްތެރިން ލިބި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ. އަދި ވަކި ގަޑިއަކަށް ހޭލައި، ކަންކަން ކުރުމުގެ އާދަ ހިފުމުން ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަކަމަށާއި، މަސައްކަތުގެ މާހައުލުން ލިބޭ ތައުރީފުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން، މިފަދަ ފަރާތްތައް ބާރުވެރިކުރުވުމަށް ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.

ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ދާދި ފަހުން ސްޓެލްކޯގެ ވަޒީފާގައި އުޅެނިކޮށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި އަހުމަދު އަޒްމީލްގެ ހަނދާން އާކޮށް ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ. އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ އޭނާގެ އާއިލާއަށާއި ކުންފުނީގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވައި، އެ ހިތާމައިގައި ބައިވެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް