ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ޖަލުހައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅާ ގާނޫނާ ގަވައިދާ ހިލާފު އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ މިފަދަ ކޯލްތައް ރިޕޯޓްކުރެވޭނެ އިންތިޒާމެއް ހަމަޖައްސާފައިކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ޖަލުތަކުން ކުރާ ކޯލެއްކަމަށް ޝައްކުވާނަމަ ގުޅި ނަމްބަރު ވަންގަވްގެ މި ލިންކަށް ހިއްސާކޮށްދިނުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފައެވެ.
ސްކޭމް މައްސަލަތައް ބަލަން ފުލުހުންގެ އިދާރާގައި އެންޓި ސްކޭމް ސެންޓަރެއް އުފައްދާ ސްކޭމް މައްސަލަތައް ރިޕޯޓްކުރަން ހޮޓްލައިނެއް މި އަހަރުގެ މާރިޗުމަހު ވަނީ ގާއިމުކޮށްފައެވެ.
ފުލުހުން މިދިޔަ އަހަރު އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުން އެވްރެޖު ގޮތެއްގައި ސްކޭމް ކޮށްގެން ދުވާލަކު 6 މައްސަލަ ހުށައަޅައެވެ. އެއީ މަހަކު 192 މައްސަލައެވެ. އަދި ސްކޭމްގެ ގިނަ ކޯލްތައް ޖަލުން ކުރާކަންވެސް ފުލުހުން ވަނީ ބުނެފައެވެ.