ads
ހުޅުމާލޭގައި މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތައް ނަގަނީ. ފޮޓޯ: ސަން
ފާޑުކިޔުން ބޮޑުވުމުން، އެންމެ ފަހުން ސްޕީޑް ބްރޭކާތައް ނަގައިފި
ހުޅުމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް މަޑުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަރުކުރި ސްޕީޑް ބްރޭކަރުތައް ނަގަން ފަށައިފިއެވެ.
Advertisement

ހުޅުމާލޭ ބޮޑެތި މަގުތަކުގައި ކުދި ކުދި ސްޕީޑް ބްރޭކަރުތަކެއް އެޗްޑީސީން ހަރުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރުމަހު އެވެ. އެއާއި އެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އެޗްޑީސީއަށް އަމާޒުވިއެވެ. ގިނަ ބައެއްގެ ޝަކުވާއަކަށްވީ ކިތަންމެ މަޑުން އެރިނަމަވެސް އެ ސްޕީޑް ބްރޭކަރުގެ ސަބަބުން ގައިގައި ރިއްސުމެވެ. 

ޕްލާސްޓިކުން ހަދާފައިވާ ކުދި ސްޕީޑް ބްރޭކަރުތަކުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް އެޗްޑީސީން މި ވަނީ އެ ބްރޭކަރުތައް ނަގަން ފަށާފައެވެ. އެގޮތުން ހުޅުމާލޭ މައި ބޮޑުމަގުގައި ހުރި ހުރިހާ ސްޕީޑް ބްރޭކަރެއް މިވަނީ ނަގާފައެވެ  އެހެންނަމަވެސް އެ ބްރޭކަރުތައް ނެގި ސަބަބެއް އެޗްޑީސީން ނުބުނެއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގައި ވެސް ގިނަ ބަޔަކު ވަނީ އެ ބްރޭކަރުތަކާއި ގުޅިގެން ޝަކުވާ ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް