ads
ގާޒީ އަލީ އާދަމް
ހެކިންނަށް ބިރުދައްކާކަމަށް ބުނުމުން ގާޒީ އަލީ އާދަމްގެ މައްސަލަ ޖޭއެސްސީއަށް
ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުން ނިސްބަތްވާ ގުރޫޕްތަކާއި އެ މީހުންގެ އާއިލާ، އަދި ދިފާއީ ވަކީލުންވެސް ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރުދެއްކުން އާއްމުވެއްޖެކަމަށް ބުނުމުން ކްރިމިނަލްކޯޓުގެ ގާޒީ އަލީ އާދަމްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
Advertisement

ގާޒީ އަލީ އާދަމް މިހެން ވިދާޅުވީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި، ދައުވާ ލިބުނު ހަމްދޫން ހަމްޒަތުގެ މައްޗަށް އިއްވި ހުކުމުގައެވެ. 

އެ ހުކުމުގައި ބުނެފައިވަނީ ނުރައްކާތެރި ކުށްތަކުގެ މައްސަލާފގައި ހިމެނޭ ހެކި އެމީހުން ހެކި ބަސްދިނީ ކޮން ބައެއް ކަން ޔަގީން ނުވާ ހާލާތުގައި ހުރެ ދިން ހެކިކަމަށް ބުނެ ބާތިލުކުރަން އެދެމުން އަންނަކަމަށެވެ. މި ފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް މިގޮތަށް އަމަލުކުރާ ހިނަ ހެކިންނަކީ އެ މައްސަލައެއްގައި ހިމެނޭ އެންމެ މުހިއްމު ހެކިންނަށްވާކަން ފާހަގަކުރައްވަމުން ގާޒީ ވިދާޅުވީ ހެކިން ހެކިބަސް ނަގަނީ ގޭންގުތަކުންނާއި އެމީހުންގެ އާއިލާތަކުންނާއި ދިފާއީ ހެކިން ބިރު ދައްކަމުން ގެންދާތީކަމަށެވެ. 

" މި ފަދަ މައްސަލަތަކުގައި ތުހުމަތުކުކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕުގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލާތުކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރު ދައްކާ ފުރާނައަށް ނުރައްކާވާނެ ފަހަ ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރު ދީ ހަދާކަން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަސިއްޔާއަކަށް ބެލުމުން އެގެން އޮންނައިރު މިކަމަކީ ހިނގާކަމެއްކަމާއި އަދި މީ ޖިނާއީ އަދުލްގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް މިވަނީ ވެފައި. " ކްރިމިނަލްކޯޓުގެ ހުކުމުގައި ގާޒީ އަލީ އާދަމް ލިޔުއްވާފައިވެއެވެ.

ގާޒީ އަލީ އާދަމްގެ މި ވާހަތަކާއި ގުޅިގެން އޭނާ ސުލޫކީ މައްސަލައެއް ބަލާދިނުމަށް ޖޭއެސްސީއަށް ހުށައެޅީ ވަކީލުންތަކެކެވެ. އެހެންނަމަވެސް މި މައްސަލަ ބަލަން ޖޭއެސްސީން ނިންމި ކަމެއް އަދި ސާފެެއް ނުވެެއެވެ.  

ގާޒީ އަލީ އާދަމް ހުކުމްގައި ފާހަގަކުރި ކަންކަން ކުށްވެރިކޮށް، ބާ ކައުންސިލުންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނީ ގާޒީ އަލީ އާދަމް ހުކުމްގައި ބަޔާންކުރެއްވި އިބާރާތަކީ ހެއްކެއްގެ މައްޗަށް ނުވަތަ އެ މައްސަލައިގެ ވަކީލުގެ ފުށުން ހިނގާފައިވާ ވަކި އަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތް ކުރާ ގާނޫނީ ވަކީލުންނަށް އަމާޒު ވެގެން ދިޔަ ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް