ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިނިސްޓަރު ފައްޔާޒު-- ފޮޓޯ: ސަން
ބިލު ނުދެއްކުނަސް ހިދުމަތް މެދުކަނޑާނުލުމަށް އެދިއްޖެ
މިދަނޑިވަޅުގައި ފައިސާ ނުދެއްކުން ނަމަވެސް ފޯނާއި އިންޓަނެޓުގެ ހިދުމަތް މެދުކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޓެލެކޮމް ކުންފުނިތަކުގައި އެދިވަޑައިގެންފި އެވެ.
Advertisement

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު އަޑިއަޅާލާފައިވާ މިވަގުތަކީ ގިނަ ބައެއްގެ ވަޒީފާތައް ގެއްލިފައިވާ ވަގުތެކެވެ. އަމިއްލަ ވިޔަފާރިކުރަމުން އައި މީހުންނަށް އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެ ގޭގައި މަޑުކުރަން މަޖުބޫރުވެފައިވާއިރު އަނެއް ބައެއްގެ މުސާރައިން ވެސް ބޮޑު ބައެއް ވަނީ އުނިކޮށްފަ އެވެ. 

މިހާލަތުގައި ވެސް ޓެލެކޮމް ކުންފުނިތަކުން ދެމުން އަންނަ ހިދުމަތްތަކަށް ބިލު ނުދެއްކުމާއި ގުޅިގެން ހިދުމަތް މެދުކަނޑަމުންދާ ކަމުގެ ކަންބޮޑުން މީހަކު ވަނީ މިނިސްޓަރު ފައްޔާޒު ޓެގް ކުރައްވާ ކޮށްފަ އެވެ. މި ޓްވީޓަށް ދެއްވި ރައްދުގައި މިނިސްޓަރު ވަނީ އެމީހާގެ ކަންބޮޑުވުންތަކަކީ ހަމަ ރަނގަޅު ކަންބޮޑުވުމެއް ކަމަށް ވިދާޅުވެފަ އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ޓެލެކޮމް ކުންފުނިތަކުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެކަމަކު މިއުނދަގޫ ވަގުތުގައި ބިލު ނުދެއްކޭ މީހުންގެ ހިދުމަތް މެދުކަނޑާލުމުގެ ބަދަލުގައި މަޑުޖައްސާލުމަކީ ވަރަށް ބޮޑަށް ބަލައިގަންނާނެ ކަމެއް ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ދިރާގާއި އުރީދޫ އިން ވަނީ ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އޮފީސްތަކުގެ މީހުންނަށް ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހިފައިވާތީ އާއި ގޭގައި ތިބެގެން ދަރިވަރުންނަށް ކިޔަވަން މަޖުބޫރުވެފައިވާ މިދަނޑިވަޅުގައި މި ދެ ކުންފުނިން ވަނީ އެކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް