މި މަސްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި ދުވާފަރު ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު އަލީ އާއި އެ ރަށު ކައުންސިލްގެ ރައީސް ހަސަން ހަކީމްގެ އިތުރުން އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރޓޑ އަހުމަދު ސައުދީ އެެވެ.
މިކަން ފެށިގެން ދިޔައީ އެކަމަށް ހާއްސަކޮށް ބޭއްވިގެން ދިޔަ ހާއްސަ ރަސްމީޔާތެއްގެ ތެރެއިންނެވެ. މި ރަސްމީޔާތު ބޭއްވިގެން ދިޔައީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރ. ދުވާފަރަށް މިހާރު ކުރައްވަމުން އަންނަ ދަތުރުގެ ތެރެއިން ނެވެ.
މި ރަސްމީޔާތުގައި ރައީސް ޑރ. މުއިއްޒުގެ އިތުރުން ސަރުކާރުގެ އެހެން އިދާރާތަކުގެ އިސްވެރިން އަދި ކުންފުނި ތަކުގެ އިސްވެރިންގެ އިތުރުން މިނިސްޓަރުންވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
ރައީސްގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
މި ދަތުރުފުޅުގައި، ރައީސް މުއިއްޒުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.