ads
މަސްވެރިންގެ މުޒާހަރަގެ ތެރެއިން: ފޮޓޯ ޓުވިޓާ މިބޫ
މުޒާހަރާއިން ހައްޔަރުކުރި މީހުން ބަންދުކޮށްފައި ތިބީ ގާނޫނާ ހިލާފަށް: އެމްޑީޕީ
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ބަންދުކޮށްފައި ތިބީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
Advertisement
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންގެ ހައްގުގައި ކުރި މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނޭ ކަމަށެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ގޮތުގައި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހާ، ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންޖެހެއެވެ. ނަމަވެސް އެމްޑީޕީން ބުނި ގޮތުގައި ހައްޔަރުކުރި އަށް މީހުންގެ ތެރެއިން ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އެންމެ ހަތަރު މީހުންނެވެ. އަނެއް ހަތަރު މީހުން ކޯޓަށް ހާޒިރު ނުކޮށް ބަންދުގައި ބައިތިއްބާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޯޓަށް ހާޒިރުކުރި ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، އެމީހުން ބަންދުކުރަންޖެހޭ ފަދަ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައި ނުވާކަމަށް އެމްޑީޕީން ފާހަގަކުރިއެވެ.

ބަންދުގެ މުއްދަތު އިތުރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ކޯޓުތަކުން އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސަރުކާރުގެ ނުފޫޒުން ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށް، އެ ޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެހެންކަމުން ހައްޔަރުކޮށްފައި ތިބި މީހުން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް