ads
ފުލުހުންގެ ހަރަކާތެއްގެ ތެރެއިން
ފުލުހުން ހިފެހެއްޓި ފޯނެއް ނުދީގެން ކޯޓަށް
ތަހުގީގެއްގެ ބޭނުމަށް ފުލުހުން ހިފެހެއްޓި ފޯނެއް އަނބުރާ ރައްދު ނުކޮށްގެން، ފުލުހުންނާ ދެކޮޅަށް ދައުވާ ކުރުމުން ފޯނު ހަވާލުކޮށްފިއެވެ.
Advertisement

ގއ. ކަނޑުހުޅުދޫ މީހެއްގެ ފޯނު ތަހުގީގު ބޭނުމަކަށް ކަމަށް ބުނެ ފުލުހުން އހިފަހައްޓާފައިވަނީ މިދިޔަ އޮކްޓޯބަ 21 އިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ. 

އެކަމަކު، އެ މުއްދަތު ހަމަވިއިރު ވެސް ފޯނު އޭގެ ވެރިފަރާތާ ފުލުހުން ހަވާލެއް ނުކުރުމުން، ފޯނު ހޯދުމަށް އޭނާ ދިޔައީ ޝަރިއަތަށެވެ.

މުދާ ހޯދުމުގެ އަމުރަކަށް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފޯނުގެ ވެރިފަރާތުން އެދުމުން އެ އަމުރާ އެގޮތަށް އެދުނު ދުވަހު ފުލުހުން ވަނީ ފޯނު އަނބުރާ ހަވާލުކޮށްފަ އެވެ. އެހެންވެ، އަމުރަށް އެދުނު މައްސަލަ ބާތިލް ކޮށްދޭން ހުށަހެޅި ފަރާތުން އެދިފައިވާތީ ކޯޓުން އެ މައްސަލަ މިހާރު ވަނީ ބޭރުކޮށްލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް