ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްވެ ހުންނަވާ އުފައްދާފައިވާ ޕީއެންއެފުން ވަނީ މިމަހުގެ 17 ވަނަދުވަހު ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައެވެ.
"ރީސެޓް" ގެ ނަމުގައި އަންނަ ބުދަ ދުވަހުގެ ރޭ ބާއްވާ މި ބައްދަލުވުން އޮޮންނާނީ އާޓިފިޝަލް ބީޗުގައެވެ. އެ ރޭގެ ބައްދަލުވުމުގައި، ސިޔާސީ މުހިއްމު ނިންމުންތަކެއް އާއްމު ކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ބުދަ ދުވަހުގެރޭ ބާއްވާ ޖަލްސާގައި ޕީއެންއެފްގެ ރައީސް، ރައީސް ޔާމީން ވާހަކަ ދައްކަވާނެކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ޕީއެންއެފުން އާއްމުކޮށް ޖަލްސާތައް ބާއްވަމުން އަންނަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި ހުންނަ އެޕާޓީގެ އޮފީހުގައެވެ. އެހެންނަމަވެސް މިދިޔަ އޮގަސްޓްމަހު އެޕާޓިން ވަނީ " ވޭކްއަޕް" ގެ ނަމުަގއި ބޮޑޫ ޖަލްސާއެއް އާޓިފިޝަލް ބީޗުގައި ބާއްވާފައެވެ. އެ ޖަލްސާގައި ހިނަ ބަޔަކުވަނީ ބައިވެރިވެފައެވެ.