ads
މައުރޫސފް ޒާކިރު. އައިޖީއެމްއެޗްގައި އޮޕަރޭޝަނެއް ކުރަން ގެންދަނީ
މުޒާހަރާއިން ހައްޔަރުކުރި މައުރޫފް އޮޕަރޭޝަނެއް ކުރަން ވައްދައިފި
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ ބޮޑު ކަންނެލި މަސްވެރިން މާލެ ސަރަހައްދުގައި ކުރަމުން ދިޔަ މުޒާހަރާއިން ހައްޔަރުކުރި މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު، މައުރޫފް ޒާކިރުގެ އޮޕަރޭޝަނެއް ކުރަމުން އަންނަކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
Advertisement

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން މައުރޫފް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. 

މައުރޫފަށް ފަރުވާ ދިނުމަށް ދޫނިދޫ ޖަލުން އޭނާ ހޮސްޕިޓަަލަށް ގެންދިޔައީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. 

އެނގިފައިވާ ގޮތުން މައުރޫފްގެ އޮޕަރޭޝަނެއް ކުރަން ޖެހުނީ ލިބުނީ އަނިޔާއަކާއި ގުޅިގެން ލޭ މަނާ ނުވެގެންނެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ބުނާ ގޮތުން މައުރޫފަށް އެ އަނިޔާ ލިބުނީ އޭނާ ހައްޔަރުކުރަން ފުލުހުން އުޅުމުގެ ތެރެއިންނެވެ. 

ކަންނެލި ދޯންޏަކުން ފުލުހުން މައުރޫފް ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން މައުރޫފް ހައްޔަރުކުރަނީ ސިޑިއެއްގެ މަތިން ދަމާ ބާލާފައެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ މައުރޫފް ފަރުވާ ހޯއްދަމުން ގެންދަނީ ފުލުހުންގެ ބަންދުގައި ހުއްޓާ ދިމާވި ކަމަކުން ނޫންކަމަށެވެ.

ބޮޑުކަންނެލި މަސްވެރިން ކުރި މުޒާހަރާތަކާއި ގުޅިގެން މައުރޫފްގެ އިތުރުން އިތުރު ދެ މީހަކުވެސް ހައްޔަރުކުރިއެވެ. އެ ދެމީހުންގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހާދީފައެވެ. 

ބޮޑު ކަންނެލީގެ މަސްވެރިން ބުނީ އެމީހުން ކުރަމުން އަންނަ އިހްތިޖާޖު ހުއްޓާ ނުލާކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް