ads
އިމްރާން ހާން
އިމްރާން ހާން ޖަލުގައި ގެންގުޅެނީ އިންސާނީ ކަރާމާތާ ހިލާފަށް ކަމަށް އދ އިން ބުނެފި
.ޕާކިސްތާނުގެ ކުރީގެ ޕްރައިމް މިނިސްޓަރު އިމްރާން ހާން ޖަލުގައި ބަންދުކޮށްފައި ހުރީ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަކަށް ކަމަށް ބުނެ، އދ ގެ ހާއްސަ ރެޕޯޓަރަކު ހާމަކޮށްފިއެވެ.
Advertisement

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި މިކަން ހާމަކޮށް، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އިންޓަނޭޝަނަލް މިންގަނޑުތަކަށް އަމަލުކުރުމަށް ރެޕޯޓަރު ވަނީ ގޮވާލާފައެވެ.

އދ ގެ ރެޕޯޓަރު މިހެން ބުނެފައި މިވަނީ، އިމްރާން ހާންއާއި އޭނާގެ އަނބިކަނބަލުންނަށް ޖަލުގައި އިހާނެތިކޮށް ހިތަމުންދާ ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ބާރުއެޅުމަށް އެދި އިމްރާން ހާންގެ ގާނޫނީ ޓީމުން މިދިޔަ ސެޕްޓެމްބަރު މަހު އދ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ޖަލުގައި އިމްރާން ހާން ގެންގުޅޭ ހާލަތަކީ ލާއިންސާނީ އަދި ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ރެޕޯޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް، ޕާކިސްތާނު ސަރުކާރުން ވަނީ އދ ގެ މި ވާހަކަތައް ދޮގުކޮށްފައެވެ. ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރުގެ އެޑްވައިޒަރު ރަނާ އިހްސާން އަފްޒަލް ބުނި ގޮތުގައި، އިމްރާން ހާން ޖަލުގައި ބަހައްޓާފައި ހުރީ ޖަލުގެ ގަވާއިދުތަކާއި މެނުއަލްއާ އެއްގޮތަށެވެ. އަދި އދ ގެ ރެޕޯޓަރުގެ ކަންބޮޑުވުންތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ސިފަކުރިއެވެ.

އިމްރާން ހާން ޖަލަށް ލާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭނާގެ މައްޗަށް އެކި މައްސަލަތަކުގައި ދައުވާ އުފުލައި، ބައެއް މައްސަލަތަކުގައި ހުކުމް އިއްވާފައިވާއިރު، އިމްރާން ހާންގެ ސަޕޯޓަރުން ބުނަމުންދަނީ މިއީ ސިޔާސީ ގޮތުން އޭނާ ނައްތާލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ. ޖަލުގައި ހާންއަށް އަސާސީ ހައްގުތައް ލިބުމުގައި ދަތިތަކެއް ހުރި ކަމުގެ ޝަކުވާ އާއިލާއިންނާއި ޕާޓީން އަންނަނީ ތަކުރާރުކޮށް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް