ads
ބޮޑު ކަންނެލި މަސްވެރިން ކުރި އިހްތިޖާޖުގައި މައުރޫފް ވާހަކަ ދައްކަވަނީ
މެމްބަރު މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ ބޮޑު ކަންނެލި މަސްވެރިން މާލެ ސަރަހައްދުގައި ކުރަމުން ދިޔަ މުޒާހަރާއިން ހައްޔަރުކުރި މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު، މައުރޫފް ޒާކިރު ބަންދުން ދޫކޮށްލައިފިއެވެ.
Advertisement

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން މައުރޫފް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. 

މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލާފައި މިވަނީ އޭނާގެ ކުޑަ އޮޕަރޭޝަނެއް މިރޭ ކޮށްފައިވަނިކޮށެވެ. 

އެނގިފައިވާ ގޮތުން މައުރޫފްގެ އޮޕަރޭޝަނެއް ކުރަން ޖެހުނީ ލިބުނީ އަނިޔާއަކާއި ގުޅިގެން ލޭ މަނާ ނުވެގެންނެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ބުނާ ގޮތުން މައުރޫފަށް އެ އަނިޔާ ލިބުނީ އޭނާ ހައްޔަރުކުރަން ފުލުހުން އުޅުމުގެ ތެރެއިންނެވެ. 

ކަންނެލި ދޯންޏަކުން ފުލުހުން މައުރޫފް ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން މައުރޫފް ހައްޔަރުކުރަނީ ސިޑިއެއްގެ މަތިން ދަމާ ބާލާފައެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ މައުރޫފް ފަރުވާ ހޯއްދަމުން ގެންދަނީ ފުލުހުންގެ ބަންދުގައި ހުއްޓާ ދިމާވި ކަމަކުން ނޫންކަމަށެވެ.

ބޮޑުކަންނެލި މަސްވެރިން ކުރި މުޒާހަރާތަކާއި ގުޅިގެން މައުރޫފްގެ އިތުރުން އިތުރު ދެ މީހަކުވެސް ހައްޔަރުކުރިއެވެ. އެ ދެމީހުންގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހާދީފައެވެ. 

ބޮޑު ކަންނެލީގެ މަސްވެރިން ބުނީ އެމީހުން ކުރަމުން އަންނަ އިހްތިޖާޖު ހުއްޓާ ނުލާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް