ads
ހާދިސާ ހިނގި ސަރަހައްދަށް މާލޭ މޭޔަރު އާޒިމް ޒިޔާރަތްކުރެއްވުން
ބިންގަނޑު ގަނބައިގެން ދިޔަ ހާދިސާ މާލެ ސިޓީ ކައުންސިލުން ބަލަން ފަށައިފި
މާލޭގެ މައްޗަންގޮޅީގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ތަނަކާ ޖެހިގެން ހުރި ގެއެއްގެ ތަޅުންގަނޑު ގަނބައިގެން ދިޔަ ހާދިސާއެއް ހިނގައިގެން މާލެ ސިޓީ ކައުންސިލުން އެކަން ބަލަން ފަށައިފިއެވެ.
Advertisement

މިއަދު ހިނގި މި ހާދިސާގައި ގެއްލުން ލިބިފައި ވަނީ މ. ނަސީމީ ހިނގުމުގައި ހުންނަ ގެއަކަށެވެ. މި ހާދިސާ ދިމާވާން މެދުވެރިވީ ކައިރީގައި ހުރި އިމާރާތެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ގޭގެ ބިންގަނޑަށް އަސަރުކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ސަމާލުކަމަށް އައުމާ އެކު، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ އެ ސަރަހައްދަށް ވަޑައިގެން، ގެއްލުން ލިބުނު ގޭގެ ހާލަތު ބައްލަވައިލައްވާފައެވެ. އަދި ގެއަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ހާލަތު ވަނީ ގާތުން ބައްލަވާފައެވެ. މޭޔަރުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވެސް ވަނީ އެ ގެއަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު އޮޅުންފިލުއްވާފައެވެ.

މި ހާދިސާގައި ގޭގެ ތަޅުންގަނޑު ގަނބައިގެން ގޮސް، އިމާރާތަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވަނީ ކަށަވަރު ކުރެވިފައެވެ. މާލޭގައި އާންމުކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރާއިރު، ހާއްސަކޮށް ބިންގަނޑު ކޮންނަ ވަގުތުތަކުގައި ކައިރި ހިސާބުގެ ގެތަކަށް މިފަދަ ގެއްލުންތައް ލިބުމަކީ ދޭތެރެއަކުން ފެންމަތިވާ މައްސަލައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް