ads
މަސްވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ތެރެއިން
މަސްވެރިކަމަށް ހިދުމަތްކުރުމުގެ އެވޯޑް 32 މީހަކަށް ދީފި
މިދިޔަ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކާއި އަގުހުރި ހިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ އިނާމު 32 ފަރާތަކަށް ދީފިއެވެ.
Advertisement

މީގެތެރޭގައި ވަކިވަކި ފަރުދުންނާއި، މަސްވެރި ދޯނިތަކާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތައް ހިމެނެއެވެ.

މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އިނާމު 2024 ވަނަ އަހަރު ލިބިވަޑައިގެންނެވި ބޭފުޅަކީ، ގ.ފިޔާތޮށިގޭ އަލްމަރްހޫމް ހަސަން ސާބިރު އެވެ. އޭނާ ވަނީ، 1974 ވަނަ އަހަރުން ފެށިގެން މި ދާއިރާއަށް އެކި ގޮތްގޮތުން ހިދުމަތްކުރައްވާފައެވެ


އިނާމު ހާސިލް ކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، 2023 ވަނަ އަހަރު އިނާމު ލިބޭ 18 ފަރާތާއި، 2024 ވަނަ އަހަރު އިނާމު ލިބޭ 14 ފަރާތެވެ.

މިއަހަރުގެ މަސްވެރިކަމުގެ ރަސްމީ ޖަލްސާ ބާއްވާފައިމިވަނީ، ރ.ދުވާފަރުގައެވެ.

 މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

ރައީސް ވަނީ އިއްޔެ ހެނދުނު މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކާއި ރ.ދުވާފަރަށް ވަޑައިގެންފައި އެވެ. 

މި ދަތުރުފުޅުގެ ތެރެއިން ވަނީ ރ. ދުވާފަރުގެ ތަރައްގީގެ އެތަށް ޕްރޮޖެކްޓްތަކެއް ފައްޓަވާދެއްވާފައި އެވެ. 

މި އަހަރު ފާހަގަ ކޮށްފައި ވަނީ 45 ވަނަ މަސްވެރިންގެ ދުވަހެވެ. 

އެންމެ ފުރަތަމަ މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައިވަނީ 1981 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް