ads
ޔޫތު ހެކަތޯންގެ ވަނަތަކަށް ހޯދި ފަރާތަކަށް އިނާމު ދިނުމުގެ ތެރެއިން
ޔޫތު ހެކަތޯންގެ އެއްވަނަ އަށް ސީ ސްޓޭކް
ޔޫތް މިނިސްޓްރީން ކުރިޔަށް ގެންދިޔަ މޯލްޑިވްސް ޔޫތު ހެކަތޯން އިން އެއްވަނަ "ސީ ސްޓޭކް" ގެ ޓީމު ހޯދައިފިއެވެ.
Advertisement

މި ހެކަތޯން ނިންމުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ރޭ ބާއްވާފައިވާއިރު މި ހެކަތޯންއިން އެއްވަނަ އަށް ދިޔަ "ސީ ސްޓޭކް" ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް އެގެޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީއެވެ.

މި ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ "ވޭވް މައިންޑްސް" އެވެ.

މިހަފްލާގައި ރަނަރަޕް ޓީމް "ވޭވް މައިންޑްސް" އަށް 75000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވުނު "ސިކް ސޭ ވެން" ޓީމަށް 50000 ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.

your imageޔޫތު ހެކަތޯންގެ ތެރެއިން

މި ހެކަތޯންގައި ޕިޗް ކުރުމަށް ހަތަރު ދާއިރާއެއް ހުޅުވާލިއެވެ.

 އެއީ ސްޕޯޓްސް ފިޓްނަސް އެންޑް އެކްޓިވް ލައިފްސްޓައިލް، މެންޓަލް ވެލްނެސް އެންޑް ރެސިލެންސް، ޔޫތު ވެންޗަސް އެންޑް ގިގް އިކޮނޮމީ އަދި އާރޓްސް ކަލްޗަރ އެންޑް ޑިޖިޓަލް ކްރިއޭޓިވިޓީއެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 85 ޒުވާނަކު ބައިވެރިވިއެވެ.

ޔޫތު ހެކް ކުރިއަށް ގެންދިޔައީ 11 ޑިސެމްބަރު 2025 އިން ފެށިގެން 13 ޑިސެމްބަރު 2025ގެ ނިޔަލަށެވެ. 

މެދުނުކެނޑި 48 ގަޑި އިރަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ޓިމްތަކުން ތަފާތު 4 ތީމެއް ޓިކް އޭރިއާއަށް ޕިޗް ނުވަތަ ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި ކޯޕާޓްނާ އަކީ ވިމެން އިން ޓެކްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް