ads
އަނުޝްކާ އެނބުރި މުމްބާއީއަށް އައުން
އަނުޝްކާ ބޮލީބުގެ މަސައްކަތް އަލުން ފަށާނެކަމުގެ އުންމީދު ބޮޑު
ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރުމާ އާއި އޭނާގެ ފިރިމީހާ، ކްރިކެޓް ތަރި ވިރާތު ކޯލީ އިންޑިއާ އަށް އައުމާ އެކު، އަނުޝްކާގެ ފިލްމީ މަސައްކަތްތައް އަލުން ފަށާފާނެ ކަމުގެ އުއްމީދު ސަޕޯޓަރުންގެ މެދުގައި ބޮޑުވެއްޖެއެވެ.
Advertisement

މި ދެމަފިރިން މުމްބާއީގެ އެއާޕޯޓުން ފެނުމާ އެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މި ދަތުރުގެ ބޭނުމާ މެދު ސުވާލު އުފައްދަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ލަންޑަނުގައި ދިރިއުޅުމަށް ފަހު އެ މީހުން އެނބުރި އައުމަކީ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހައިރާން ކަމެކެވެ.

މި ދަތުރުގައި އަނުޝްކާ އާއި ވިރާތު މުމްބާއީ އަށް އައީ އަމިއްލަ ކަމެއްގައި ކަމަށް ބެލެވުނު ނަމަވެސް، ފިލްމީ ދާއިރާގެ ހަބަރުތައް ބުނާ ގޮތުން މިއީ އަނުޝްކާގެ އާ ފިލްމު "ޗަކްދާ އެކްސްޕްރެސް" ގެ މަސައްކަތްތަކާ ގުޅުން ހުރި ދަތުރެއް ކަމަށް ވެދާނެއެވެ. އިންޑިއާގެ އަންހެން ކްރިކެޓް ލެޖެންޑް ޖޫލަން ގޯސްވާމީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ މަސައްކަތް ނިމިފައި ވީނަމަވެސް، އަދިވެސް މި ފިލްމު އާންމުންނާ ހަމައަށް އައިސްފައެއް ނުވެއެވެ. މި ފިލްމު ރިލީޒް ކުރުމާ ގުޅޭ ގޮތުން ދިމާވި މައްސަލަތަކެއް ހައްލު ކުރުމަށް މަޝްވަރާ ކުރުމަކީ މި ދަތުރުގެ އެއް މަގުސަދު ކަމަށް ވެދާނެއެވެ.

އަނުޝްކާ އާއި ވިރާތު މިހާރު ގިނަ ވަގުތު ހޭދަ ކުރަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. އެ މީހުންގެ ދެ ދަރިން ކަމަށްވާ ވާމިކާ އާއި އަކާ އާއެކު އާންމު ދިރިއުޅުން އެ ގައުމަށް ބަދަލު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން، ކުއްލި ގޮތަކަށް އިންޑިއާ އަށް އައުމުން ގިނަ ބަޔަކު ގަބޫލު ކުރަނީ މިއީ ބޮޑު މަސައްކަތެއް ނިންމުމަށް ކުރި ދަތުރެއް ކަމަށެވެ. މުމްބާއީ އެއާޕޯޓުން ފެނުނު އިރު ވެސް އަނުޝްކާ ހުރީ ވަރަށް ތަފާތު ގޮތަކަށް ހެދުން އަޅައިގެން ކަމަށް ވުމުން، އޭނާ ފިލްމީ ދުނިޔެއަށް އެނބުރި އަންނަން ތައްޔާރު ވެފައިވާ ކަމަށް ފޭނުން ދަނީ ބުނަމުންނެވެ.

މި ފިލްމު ނެޓްފްލިކްސް އިން ދެއްކުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، ޕްރޮޑަކްޝަން ހައުސް އާއި ސްޓްރީމިން ޕްލެޓްފޯމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ފިލްމު ވަނީ ލަސްވެފައެވެ. ނަމަވެސް، ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު އެ މަޝްވަރާތައް އަލުން ފަށައި، ވަރަށް އަވަހަށް ފިލްމު ބެލުންތެރިންނާ ހަމައަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަނުޝްކާ އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ 2018 ވަނަ އަހަރު ރިލީޒް ކުރި "ޒީރޯ" އިންނެވެ. އެހެންކަމުން އޭނާގެ އެނބުރި އައުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް