ads
ރެނިޓިޑައިން ބޭސް
ތައިލޭންޑުން އުފައްދާ ރެނިޓިޑައިން ބޭސް ބޭނުންނުކުރަން އެމްއެފްޑީއޭއިން އަންގައިފި
ތައިލޭންޑުން އުފައްދާ ރެނިޓިޑައިން ބޭހުގެ އިތުުރުން އެ ގައުމުން އުފައްދާ 3 ބޭހެއް ބޭނުންނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭއިން) އަންގައިފި އެވެ.
Advertisement

ސަމާލުވާންޖެހޭ ތިން ބޭހަކީ މެޓްފޯމިން ހައިޑްރޮކްލޮރައިޑާއި، ރެނިޓިޑީން އަދި ވިޓަމިން އޭ ޔޫއެސްޕީ 200،000 އައިޔޫ އެވެ.

އެމްއެފްޑީއޭ އިން ބުނީ ތައިލޭންޑުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ކުރި ތަހުލީލުތަކުން ބައެއް ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ ހުންނަން ޖެހޭ މިންގަނޑަށް ވުރެ އިތުރަށް ހުރި ކަމަށް، ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެ އޮތޯރިޓީއަށް އަންގާ އެކަން ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.  

އަދި އެ ތަހުލީލާ ގުޅިގެން ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކް އިން އެ ބޭސްތައް ބޭނުން ނުކުރާން އެމްއެފްޑީއޭ އަށް އަންގާފައިވާ ކަމަށް އެ އޮތޯރިޓީއިންަ ނެރުން ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. 

"ތައިލެންޑް އަކީ ގިނަ ދިވެހިންތަކެއް ބޭސް ކުރަންދާ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލައަށް ބޭސް އެތެރެ ކުރާތީ މިކަމަށް ސަމާލުކަން ދެއްވުން އެދެން." އެ އޮތޯރިޓީއިން ބުނެ އެވެ.

އެމްއެފްޑީއޭ އިން އިތުރަށް ބުނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ޕޯޓްތަކުން އެތެރެކުރާ ބޭސްތައް ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ފާސްކުރާނެ ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅަން އެ އޮތޯރިޓީން ވަނީ އެދިފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް