އެންސްޕާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނޮވެމްބަރު މަހުއެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ބޭނުންވާ އެކި ވައްތަރުގެ ތެރެޕިއުޓިކް ފަރުވާއަށް ސަރުކާރުން 12389980 ރުފިޔާ ހަރަދުކޮށްފައިވާ ކަމުގައި އެވެ.
އެ ގޮތުން ޖުމްލަ 359 މީހަކަށް މި އެހީދެވިފައިވާ އިރު އޭގެތެރެއިން 252 ފިރިހެނުން އަދި 107 އަންހެނުން ހިމެނޭ ކަމަށް އެންސްޕާއިން ބުނެ އެވެ.
އެންމެ ބޮޑު ހަރަދެެއް ކުރެވިފައިވަނީ ބިހޭވިއަރަލް ތެރެޕީއަށް ކަމަށް ފާހަގަ ކުރަމުން އެ އިދާރާއިން ބުނީ އެ ކަމަށް 3518250 ރުފިޔާ ހަރަދުވިކަމުގައި އެ އިދާރާއިން ބުނެ އެވެ. މި އެހީ ޖުމްލަ 271 އެއް މީހަކަށް ލިބިފައިވާ އޭގެ ތެރެއިން 198 ފިރިހެނުން އަދި 73 އަންހެނުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ދެވަނައަށް އެންމެ އެންމެ ބޮޑު ހަރަދެއް ކުރެވިފައިވާ އޮކިއުޕޭޝަނަލް ތެރެޕީ އަށް ބަލާއިރު 275 މީހުންނައް 3492770 ރުފިޔާދެވިފައިވާއިރު އޭގެ ތެރޭގައު 194 ފިރިހެނުންނާއި 80 އަންހެނުން ހިމެނޭ ކަމަށް އެންސްޕާއިން ވަނީ ހާމަކޮށްފައި އެވެ.
މީގެ އިތުރުން ސައިކޯ ތަރަޕީ 99350 ރުފިޔާ، އާލީ އިންޓާވެންޝަން އަށް 9000 ރުފިޔާ، ސްޕީޗް ތެރަޕީ 3268708 ރުފިޔާ، އެޑިއުކޭޝަނަލް ތެރަޕީ އަށް 1883450 ރުފިޔާ އަދި ފިޒިއޯ ތެރަޕީ އަށް 118452 ރުފިޔާ ހަރަދުުުވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ