ads
ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ބޮންޑީ ބީޗް އަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
އޮސްޓްރެއިލިއާގެ ބޮންޑީ ބީޗް އަށް އިއްޔެ ދިން ޓެރެރިސްޓް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
Advertisement

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުން ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ފިނޑި އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށާއި އެއްވެސް ކުށެއްނެތް އެތަށް ބަޔަކަށް ގެއްލުން ލިބޭ މިފަދަ ހަމަލާތަކަށް މުޖްތަމައުގައި ފުރުސަތު ދެވިގެން ނުވާނެ ކަމުގައި އެވެ. 

"މި ހާދިސާގައި އަނިޔާ ލިބުން ހުރިހާ ފަރާތަކަށް އަވަސް ސިފާ އަކަށް އެދޭ ކަމަށާއި މަރުވި ފަރާތްތަކުގެ އާއިލާއަށް ހިތުގެ އެންމެ ފުންމިނުން ތައުޒިޔާ ކިޔާ ކަމަށް އެ ބަޔާނުގައިވެ،" އެވެ.

މި ހިތާމަވެރި ހާލަތުގައި ދިވެހި ސަރުކާރުންނާއި ދިވެހި ރައްޔިތުން ތިބީ އޮސްޓްރެއިލިއާގެ ރައްޔިތުންނާއި އެކު ތިބިކަމަށާއި އަބަދުވެސް ބޭނުންވަނީ އޮސްޓްރެއިލިއާގެ ސަލާމަތް ކަމާއި ރައްކާތެރިކަން ކަމަށް އެ ބަޔާނުގައިވެ އެވެ. 

އޮސްޓްރޭލިއާ ގަޑިން އިރުއޮއްސި 6:47 ހާއިރު އެ ހަމަލާތައް ދިނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ފާހަގަކުރަމުން ދަނިކޮށެވެ. އެ ހަފުލާގައި 1000އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ހަމަލާއާ ގުޅިގެން އިސްރާއީލުގެ ރައީސް އައިސާކް ހަރްޒޮގް ވަނީ އެއީ ޔަހޫދީންނަށް އަމާޒުކޮށް ދިން ވަރަށް އަނިޔާވެރި ހަމަލާއެއް ކަމަށް ސިފަކުރައްވާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަޑިޖެހި ހާދިސާގައި 11 މީހަކު މަރުވެ، 12 ވަރަކަށް މީހަކު ވަނީ ޒަހަމް ވެސް ވެފަ އެވެ. މީގެ ތެރޭގައި ފުލުހުންގެ ދެ މީހަކު ވެސް ހިމެނެ އެވެ. އޮސްޓްރޭލިއާ ފުލުހުން މިހާރު ވަނީ އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ކަނޑައަޅާފަ އެވެ.

މި ހަމަލާގެ ތެރޭގައި އެންމެ ބޮޑަށް ސަމާލުކަން ލިބިފައިވަނީ ހަމަލާދިން އެކަކު ގަހެއްގެ ނިވަލުގައި ހުރެގެން މީހުންނާ ދިމާލަށް ބަޑިޖަހަނިކޮށް، ޕާކުކޮށްފައިވާ ކާރެއްގެ ފަހަތުގައި ފިލައިގެން ހުރުމަށް ފަހު، ހަމަލާ ދެމުން ދިޔަ މީހާއާ ދިމާލަށް ކުއްލިއަކަށް ގޮސް ކަރާއި ބަޑީގައި ހިފައި ހަމަލާ ހުއްޓުވި މަންޒަރަށެވެ. 

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހަމަލާ ދެމުން ދިޔަ މީހާ ބިންމައްޗަށް ވައްޓާލައި ހަތިޔާރު އަތުލުމަށް ފަހު އެ މީހާއާ ދިމާލަށް ބަޑި ދިއްކުރެ އެވެ.

އޮސްޓްރޭލިއާއަކީ ރައްކާތެރިކަމަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ގައުމެކެވެ. މިފަދަ ހާދިސާތައް އެ ގައުމުގައި ވަރަށް ނުހިނގަ އެވެ. ބޮންޑައި ބީޗަކީ އޮސްޓްރޭލިއާގެ ރާޅާއެޅުމަށް ވަރަށް މަޝްހޫރު ބީޗެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް