ads
އެޗްޑީސީން އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ލޯންޗުކުރުމުގެ ތެރެއިން
އެޗްޑީސީން އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ލޯންޗުކޮށްފި
އެޗްޑީސީ އިން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
Advertisement

މި ހިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ފުށީގައި ބޭއްވި "ސޭފާ ހުޅުމާލެ"ގަ އެވެ.

 ރޭ ފަރުކޮޅުފުށީގައި ސޭފާ ހުޅުމާލޭ އިވެންޓުގައި އެޗްޑީސީގެ އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް އިފްތިތާހު ކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ.

 މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްގެ ޔުނީފޯމާއި އަދި ލޯގޯ ވަނީ ތައާރަފުކޮށްފައެވެ.

އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް ތަޢާރަފް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމެވެ.

your imageއެޗްޑީސީން އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ލޯންޗުކުރުމުގެ ތެރެއިން

މި ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެއެވެ. އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފްކުރުމުގެ ސަބަބުން ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަދި މި ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުން އެސްޓޭޓް ސެކިޔުރިޓީގެ ސާރވިސަސް ގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެއެވެ.

. މިއީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެޗްޑީސީން މަސައްކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އަދި އުފާވެރި، ރައްކާތެރި، ޒަމާނީ ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް