މިއަދު ޕޮލިހުން ނެރުން އިއުލާނެއްގައި ބުނެފައިވަނީ މިރޭ 23:45 ގެ ފަހުން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކުރަން ނިންމާފައިވަނީ ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި ކަމުގައި އެވެ.
އެ އިދާރާއިން އިތުރަށް މައުލޫމާތު ދިން ގޮތުގައި އެ މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތުގެ ލޭން ބަންދު ކުރެވިގެން ދާނެ ކަމުގައި އެވެ.
ފުލުހުން ނެރުން އިއުލާނު
އަދި އެކަމާއި ގުޅިގެން ޓްރެފިކް ފްލޯ އަށް ވެސް ބަދަލުތަކެއް ގެނެވިގެންދާނެ ކަމަށް އެ އިދާރާއިން ފާހަގަ ކޮށްފައިވެ އެވެ.
ސިނަމާލެ ބުރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަނީ ސިނަމާލެ ބުރިޖު އެޅި ކުންފުނިކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީންނެވެ. ބްރިޖްގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުން ހިމެނޭހެން، 3 އަހަރު މުއްދަތަށް ބްރިޖްގެ މެއިންޓަނަންސް މަސައްކަތް އެކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު އެވެ.
އެ އެއްބަސްވުމުގެ ދަށުން މެއިންޓަނަނސް މަސައްކަތް ފަށާފައިވަނީ އެ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހު އެވެ. އެ މަސައްކަތް އަލުން ފަށާފައި މިވަނީ ބުރިޖުގެ މެއިންޓަނަންސް ނުބަލަހައްޓާތާ ގާތްގަނޑަކަށް 3 އަހަރު ދުވަސް ވޭތުވުމަށްފަހު އެވެ.