ads
އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ އާއި ދިވެހި ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ، ސިފައިންގެ އިންޓަގްރޭޓެޑް ހެޑްކުއާޓާގައި ބައްދަލުކުރައްވަނީ.
ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތްކުރަން ސިފައިން މަޝްވަރާކޮށްފި
މެރިޓައިމް ސެކިއުރިޓީ އާއި ޑްރަގް ޓްރެފިކިންގެ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.
Advertisement

އިންޑިއާގެ ޑެޕިއުޓީ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް، ތަރުން ސޮބްތީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއާ ބައްދަލު ކުރައްވައިފަ އެވެ.

ހިލްމީގެ ދައުވަތަކަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުތައް އިތުރު ކުރުމުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން ޑިފެންސާ ގުޅުން ހުރި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވައި މެރިޓައިމް މައުލޫމާތު ދެ ގައުމުގެ މެދުގައި ހިއްސާކޮށް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށްވެ އެވެ.

ރާއްޖޭގައި މި ވަގުތު އޮތް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް ޝާރްދާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ބޭނުންވާ އޮޕަރޭޝަނަލް ސްޕެއާ ވެސް އިންޑިއާއިން ހަދިޔާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް