ads
ތިލަމާލެ ބްރިޖު އަޅަން ވިލިމާލެ ފަޅުތެރޭގައި ޖަހާފައިވާ ތަނބުތައް - ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޕީއެސްއައިޕީއަށް މި އަހަރު ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ހަރަދުކޮށްފައިވަނީ، އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށެވެ. އެ ގޮތުން އެއާޕޯޓް މަޝްރޫއުތަކަށް 3.1 ބިލިއަން ރުފިޔާ ހަރަދުކުރިއިރު އެއާޕޯޓް މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައެޅީ 2.3 ބިލިއަން ރުފިޔާ އެވެ.

ބްރިޖު މަޝްރޫއަށް 856.5 މިލިއަން ރުފިޔާ ހަރަދުކުރިިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 402.1 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫއުތަކަށް 164.6 މިލިއަން ރުފިޔާ ހޭދަކުރި އެވެ 

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމަނާފައިވަނީ، 12.4 ބިލިޔަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީން، ޕީއެސްއައިޕީއަށް ކުރި ހަރަދު ދަށްވުމަކީ، މަޝްރޫއުތައް ހިންގުމުގެ ހަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 7.2 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި 10.1 ބިލިއަން ރުފިޔާއަށްވުރެ 2.9 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް